ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ދިވެހި ފުލުހުންގެ ޚިދުމަތަށް 91 އަހަރު ފުރުމާއި ގުޅިގެން މާލެ އާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިޔާތެއް ބާއްވައިފިއެވެ. މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ގެންގޮސްފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ. މި ރަސްމީއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރޭ 12:00 ގައެވެ. މާލެ ސަރަހައްދުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމީއްޔާތުގައި ދިދަ ނެގުމުގައި ހަރަކަތްތެރިވެފައިވަނީ މުޅިންވެސް އަންހެން ފުލުހުންނެވެ.…