193 ގެސްޓު ހައުސް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވުމުގެ ހުއްދަ 193 ގެސްޓު ހައުސް އަކަށް ދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 10 އަތޮޅެއްގެ 29 ރަށެއްގައި މިހާރު ވަނީ ގެސްޓް ހައުސްތައް ހުޅުވާފަ އެވެ.
އެގޮތުން މިހާތަނަށް ގެސްޓު ހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ރަށްތަކަކީ:
- ހއ. ވަށަފަރު - 3 ގެސްޓް ހައުސް
- ނ. ފޮއްދޫ - 1 ގެސްޓް ހައުސް
- ބ. ދަރަވަންދޫ - 2 ގެސްޓް ހައުސް
- ބ. ފިނޮޅަސް - 1 ގެސްޓް ހައުސް
- ބ. ކަމަދޫ - 3 ގެސްޓް ހައުސް
- ކ. ދިއްފުށި - 6 ގެސްޓް ހައުސް
- ކ. ގާފަރު - 4 ގެސްޓް ހައުސް
- ކ. ގުޅި - 3 ގެސްޓް ހައުސް
- ކ. ގުރައިދޫ - 12 ގެސްޓް ހައުސް
- ކ. ހިންމަފުށި - 4 ގެސްޓް ހައުސް
- ކ. ހުރާ - 9 ގެސްޓް ހައުސް
- ކ. މާފުށި - 18 ގެސްޓް ހައުސް
- ކ. ތުލުސްދޫ - 13 ގެސްޓް ހައުސް
- އއ. މަތިވެރި - 4 ގެސްޓް ހައުސް
- އއ. ރަސްދޫ - 9 ގެސްޓް ހައުސް
- އއ. ތޮއްޑޫ - 24 ގެސްޓް ހައުސް
- އއ. އުކުޅަސް - 12 ގެސްޓް ހައުސް
- އދ. ދަނގެތި - 4 ގެސްޓް ހައުސް
- އދ. ދިގުރަށް - 8 ގެސްޓް ހައުސް
- އދ. ހަންޏާމީދޫ - 3 ގެސްޓް ހައުސް
- އދ. އޮމަދޫ - 4 ގެސްޓް ހައުސް
- ވ. ފުލިދޫ - 8 ގެސްޓް ހައުސް
- ވ. ކެޔޮދޫ - 7 ގެސްޓް ހައުސް
- ވ. ތިނަދޫ - 2 ގެސްޓް ހައުސް
- ގދ. ތިނަދޫ - 1 ގެސްޓް ހައުސް
- ޏ. ފުވައްމުލައް - 6 ގެސްޓް ހައުސް
- ސ. ފޭދޫ - 1 ގެސްޓް ހައުސް
- ސ. މަރަދޫ ފޭދޫ - 2 ގެސްޓް ހައުސް
- ގްރޭޓަރ މާލެ ސަރަހައްދު - 19 ގެސްޓް ހައުސް
މި ގެސްޓު ހައުސްތަކުގައި ޖުމްލަ 3،610 އެނދު މިހާރު އޮޕަރޭޓު ކުރެ އެވެ. އޭގެ ތެރެއިން 2،026 އެނދު ހުރީ ކ. އަތޮޅުގަ އެވެ.
ގެސްޓު ހައުސްތަކުގެ އިތުރުން މިހާތަނަށް ވަނީ 139 ރިޒޯޓާއި 10 ހޮޓާ އަދި 130 ސަފާރީ އޮޕަރޭޓު ކުރުމުގެ ހުއްދަވެސް ދީފަ އެވެ. މިއާއެކު މުޅި ޖުމްލަ 39،697 ޓޫރިސްޓު އެނދު ރާއްޖޭގައި ދަނީ އޮޕަރޭޓު ކުރަމުްނނެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފަ އެވެ. އޭގެ ފަހުން ބޯޑަރު ހުޅުވީ ޖުލައި 15 ގަ އެވެ. އޭރުވެސް ފަތުރުވެރިކަމުގެ ސިނާއަތަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އެހެންނަމަވެސް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޗުއްޓީ ސީޒަން އާއި ދިމާކޮށް އާންމުކޮށްވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތް ކުރެ އެވެ.