އަގުހެޔޮކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި

އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި ވިއްކާ އަގު ހެޔޮކޮށްފިއެވެ.
އެގޮތުން 1442 ވަނަ އަހަރުގެ ރަމަޟާން މަހަަށް ހާއްސަ އަގުތައް ކަމަށް ބުނެ އެސްޓީއޯއިން ވަނީ ފިޔާ އަލުވި އަދި ބިސް ވިއްކާ އަގުތައް މިއަދު އާއްމުކޮށްފައެވެ. ފިޔާ ކިލޯއެއް 9 ރުފިޔާ ފަންސާސްލާރިއަށް ވިއްކާ އިރު ފިޔާ ބަސްތާއެއް ވިއްކަނީ 200 ރުފިޔާ އަށެވެ.
އަލުވި ކިލޯއެއް 9 ރުފިޔާއަށް ވިއްކާއިރު އަލުވި ބަސްތާއެއް ވިއްކަން ނިންމާފައިވަނީ 185 ރުފިޔާ އަށެވެ.
މީގެ އިތުރުން ބިހެއް ވިއްކަނީ އެއްރުފިޔާ ސާޅީސް ލާރިއަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ ދުއިސައްތަ ފަސްދޮޅަސް ފަސް ރުފިޔާ އަށް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
އެކުންފުނިން ބުނީ ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް އަދި ހޯލް ސޭލްކޮށް ގަންގަން ބޭނުންވާ ފަރާތްތަކަށް ފިޔާ، އަލުވި އަދި ބިސް ވިއްކަމުންދާނެ ކަމަށެވެ.