ފުރަތަމަ ތިންމަހު އިންޑިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 69 ހާހުން މައްޗަށް

ރާއްޖެއަށް ފަތުރުވެރިންތަކެއް ޒިޔާޜާތް ކުރަނީ
ރާއްޖެއަށް ފަތުރުވެރިންތަކެއް ޒިޔާޜާތް ކުރަނީ
ހުކުރު , 02 އޭޕްރިލް 2021 | 10:49

މިއަހަރުގެ ފުަރަތަމަ ތިންމަހު އިންޑިއާއިން ރާއްޖެއަށް ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ތިރީސް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ކޮވިޑް19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަނީ އިންޑިއާއިންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން ފާއިތުރުވި ޖެނުއަރީ، ފެބުރުއަރީ އަދި މާރޗް މަހު ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ފަސްދޮޅަސް ތިންހާސް ފައްސަތޭކަ ތޭވީހަށް އަރާފައެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރިން ޔޫކުރެއިނުން އައިސްފައިވަނީ ސަތާރަހާސް ނުވަސަތޭކަ އެކާވީސް ފަތުރުވެރިންނެވެ.

މީގެ އިތުރުންވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޖާރމަނީ، ކަޒަކިސްތާން، ރޮމޭނިއާ، ޔޫއެސްއޭ، ޔުނައިޓެޑް ކޮންގްޑޮމް، ޗެކް ރިޕަބްލިކް އަދި ފްރާންސް ހިމެނެއެވެ. މިއަހަރު މިހާތަނަށް ރާއްޖެއިން ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދަދީ ދެލައްކަ ނުވަދިހަ އަށްހަށް ފައްސަތޭކަ ހަތްދިހަ ފަތުރުވެރިންނެވެ.