ރޯދަމަހު ބީއެމްއެލް ހުޅުވާނީ ހެނދުނު 9:30ގައި

ރަމަޟާންމަހު ބެންކް އޮފް މޯލްޑިވްސް އިން ހިދުމަތް ދޭ ގަޑިތައް ހާމަކޮށްފިއެވެ.
އެގޮތުން ކުރިއަށް އޮތް ރޯދަމަހު ބީއެމްއެލްއިން ހިދުމަތްދޭނީ އާދިއްތަދުވަހުން ފެށިގެން ބުރާސްފަތިދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށްކަމަށެވެ. އެހެން މަސްތަކާއި ހިލާފަށް ބީއެމްއެލްއިން ހިދުމަތްދޭ ވަގުތުތައް މަދުވާނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.
ބީއެމްއެލްއިން ބުނީ ބްރާންޗް އަދި ސާރވިސް ސެންޓަރ ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރު 12:00 ކަމަށެވެ. މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމަށް ކަލަންޑަރުގައި ބުނެފައިވަނީ 13 އެޕްރީލްވާ އަންގާރަ ދުވަހެވެ. ނަމަވެސް ރަމަޟާން މަހަށް ހަނދު ސާބިތު ކުރުން ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ރެއެވެ.