ރާއްޖެއިން ކޮވިޑް ވެކްސިން ޖެހިމީހުންގެ އަދަދު ލައްކަ އަކާ ގާތަށް

ބިދޭސީއަކަށް ވެކްސިން ދެނީ
ބިދޭސީއަކަށް ވެކްސިން ދެނީ
ބުދަ , 24 ފެބްރުއަރީ 2021 | 22:15

ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 90865 އަކަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެ އޭރިއާއިން އެކަނިވެސް މިއަދާ ހަމައަށް 64900 މީހުންނަށް ވެކްސިން ޖަހާފައިވެއެވެ.

އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 25965 އަކަށް އަރާފައެވެ.

މާލެ އޭރިއާއިން މިއަދު އެކަނިވެސް 3123 މީހުންނަށް ވެކްސިން ދިނެވެ. ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިހާރު ވަނީ އުމުރުން 25 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފައެވެ.