އިތުރު 50 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 50 މީހުން ބަލިން ރަނގަޅުވެއްޖެ

އިންޑިއާގައި ކޮވިޑް ޖެހިގެން 382 ސިއްހީ މުވައްޒަފުން ނިޔާވެއްޖެ
އިންޑިއާގައި ކޮވިޑް ޖެހިގެން 382 ސިއްހީ މުވައްޒަފުން ނިޔާވެއްޖެ
އަންގާރަ , 13 އޮކްޓޯބަރ 2020 | 22:48

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 50 މީހަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 46 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަނެއް 4 މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 10،993 އަށް އަރައިފަ އެވެ.

މިއަދު ޕޮޒިޓިވްވީ 48 ދިވެހިންނާއި 2 ބިދޭސީންނެވެ. މިއަދު ކޮވިޑަށް ޓެސްޓު ކުރީ 1،389 މީހުންނެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 50 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،833 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،118 މީހުންނެވެ.

ކޮވިޑް ޖެހިގެން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެނީ 67 މީހަކަށެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 35 މީހުންނެވެ.