ކޮވިޑްގައި އިތުރު މަރެއް، މިފަހަރުވެސް އުމުރުން ދުވަސްވީ ދިވެއްސެއް

ކޮވިޑްގެ ސަބަބުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރު 5 އާއި ހަމައަށް ވަނީ އިތުރު ކޮށްފައި
ކޮވިޑްގެ ސަބަބުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރު 5 އާއި ހަމައަށް ވަނީ އިތުރު ކޮށްފައި
ހޮނިހިރު , 17 އޮކްޓޯބަރ 2020 | 12:46

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮވިޑްގައި ހާލު ދެރަވެ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް ހެނދުނު ހަތެއް ޖަހާކަން ހާއިރު ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި 36 ވަނަ މީހާއެވެ.

މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 29 ދިވެހިންނާއި ހަތް ބިދޭސީއެކެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި ހަ މީހަކު ނިޔާވި އިރު، މި މަހުގެ މިހާތަނަށް ބަލި ޖެހިގެން ނިޔާވެފައި ވަނީ ދެ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 11،154 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ގިނައިން ޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި އެހެން ބަލިތަކުގައި ދާއިމީ ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ.

އެހެންނަމަވެސް އެޗްއީއޯސީން ބުނީ ބައެއް ޒުވާނުންގެވެސް ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދޭން ޖެހުނު ކަމަަށެވެ. ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް އުމުރުން ދުވަސްވީ ދިވެހިންނެވެ. އެހެންނަމަވެސް ރާއްޖޭގައި މަރުވި ބިދޭސީންގެ ތެރޭގައި ޒުވާނުން ހިމެނެ އެވެ.