ކޮވިޑްގައި އަނެއްކާވެސް އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ދަނީ އުފުލެމުން
ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ދަނީ އުފުލެމުން
އާދިއްތަ , 18 އޮކްޓޯބަރ 2020 | 17:43

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެގޮތުން ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނެއްކަމަށް ހެލްތު އިމަޖެންސީ އޮޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދެއެވެ.

ނިޔާވި މީހާގެ އުމުރުން 80 އަހަރެވެ.

މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 37 އަށް އަރައިފަ އެވެ.

މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 30 ދިވެހިންނާއި ހަތް ބިދޭސީއެކެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި ހަ މީހަކު ނިޔާވި އިރު، މި މަހުގެ މިހާތަނަށް ބަލި ޖެހިގެން ނިޔާވެފައި ވަނީ ތިން މީހުންނެވެ.