ކޮވިޑް ނަމްބަރުތައް ދަށަށް، ޕޮޒިޓިވްވީ 22 މީހުން

ކޮވިޑް ފެސިލިޓީގަައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ | ފޮޓޯ: ޕީއެސްއެމް
ކޮވިޑް ފެސިލިޓީގަައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ | ފޮޓޯ: ޕީއެސްއެމް
ހޯމަ , 19 އޮކްޓޯބަރ 2020 | 22:23

މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 22 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 18 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ހަތަރު މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީން ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 987 މީހުންނެވެ. އެއީ ރާއްޖެއިން ކޮވިޑް ޖެހުނު 11،232 މީހުންގެ ތެރެއިންނެވެ.

ކޮވިޑްގައި 37 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 39 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 20 ރަށެއްގައި 77 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 20 ރިސޯޓެއްގައި 16 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.

އަތޮޅު ތެރޭގެ ރަށެއްގައި މޮނިޓަރިން ހާލަތު އިއުލާންކޮށްފައި އޮތީ ހަމައެކަނި ކުޅުދުއްފުށީގަ އެވެ.