އިތުރު 39 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް  ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
ކޮވިޑް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
އަންގާރަ , 20 އޮކްޓޯބަރ 2020 | 22:53

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 39 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި 33 ދިވެހިން ހިމެނޭއިރު ހަ މީހުންނަކީ ބިދޭސީންނެވެ. މިއަދު ކޮށްފައިވަނީ 1،368 ޓެސްޓެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 11،271 އަށް އަރައިފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 993 މީހުންނެވެ. ކޮވިޑްގައި 37 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ 45 މީހަކަށެވެ.