މިއަދު ކޮވިޑް ޖެހުނީ 45 މީހުންނަށް

ކޮވިޑް ޖެހިފައިވާ މީހަކަށް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނީ، މިބައްޔަށް ޕޮޒިވް އެތައް ބަޔަކަށް އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުން --- ފޮޓޯ: އެޗްއީއޯސީ
ކޮވިޑް ޖެހިފައިވާ މީހަކަށް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނީ، މިބައްޔަށް ޕޮޒިވް އެތައް ބަޔަކަށް އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުން --- ފޮޓޯ: އެޗްއީއޯސީ
ބުދަ , 21 އޮކްޓޯބަރ 2020 | 22:19

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 45 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސި 6 ޖެހުމާއި ހަމައަށް އެއްކުރި ތަފާސް ހިސާބުތަކާއި ހަވާލާދީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު އާންމުކުރި މައުލޫމާތުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 42 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ތިން މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 8 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 37 ބިދޭސީންނެވެ. މިއަދު ކުރީ 1،801 ޓެސްޓެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11،316 ގައި އުޅޭއިރު، މިވަގުތު ކޮވިޑުން ރަނގަޅު ނުވެ ތިބީ 988 މީހުންނެވެ.

ކޮވިޑްގައި 37 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 38 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.