ކޮވިޑް ޖެހުނީ 42 މީހުންނަށް

ފޮޓޯ:ދަ އެޑިޝަން
ފޮޓޯ:ދަ އެޑިޝަން
ބުރާސްފަތި , 22 އޮކްޓޯބަރ 2020 | 22:09

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 42 މީހުން މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 މީހުންނަކީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. އަނެއް 5 މީހުން ޕޮޒިޓިވް ވީ އަތޮޅު ތެރެއިންނެވެ.

މިއާއެކު ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 11،358 އަށް އަރައިފަ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 27 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ. މިއަދު ކުރީ 1،524 ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 931 މީހުންނެވެ. ކޮވިޑްގައި 37 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ 35 މީހަކަށެވެ.