ރާއްޖޭގެ ކޮވިޑް ނަމްބަރު ދަށަށް، މިއަދު ޕޮޒިޓިވްވީ 14 މީހުން

ކޮވިޑް-19 ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ. ފޮޓޯ: ދި އެޑިޝަން
ކޮވިޑް-19 ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ. ފޮޓޯ: ދި އެޑިޝަން
ހޮނިހިރު , 28 ނޮވެމްބަރ 2020 | 22:22

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 14 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފި އެވެ.

އެޗް.ޕީ.އޭ އިން ބުނެފައި ވަނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 08 މީހަކާއި އެހެނިހެން ސަރަހައްދުތަކުން 6 މީހެއް ކަމަށެވެ.

މިއަދު 1،816 ސާމްޕަލް ޓެސްޓް ކޮށްފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 12،947 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެ ފައެވެ. މިހާތަނަށް 11،781 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، 46 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

މިވަގުތު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 92 މީހަކަށެވެ.

އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.