ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 17 މީހުން

ހޯމަ , 30 ނޮވެމްބަރ 2020 | 23:23

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 17 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން އެޗްޕީއޭ އިން މިރޭ ބުނީ، ރޭ 18:00 އިން މިރޭގެ 18:00 އަށް 1،499 ސާމްޕަލް ޓެސްޓު ކޮށްފައިވާއިރު މީގެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 17 ސާމްޕަލް ކަމަށެވެ.

އަލަށް މިއަދު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރެއިން މާލޭ ހިމެނޭ ސަރަހައްދުން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 15 އެވެ. އަތޮޅުތެރޭ ރައްތަކުން އެކަކު ޕޮޒިޓިވުވިއިރު، ރިސޯޓުތަކުންވެސް މީހަކު ޕޮޒިޓިވުވެފައިވެއެވެ.

ކޮވިޑް-19 އަށް މުޅި ޖުމްލަ ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 13،011އެވެ. މިގޮތުން މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުހުރީ 1،019 ގައެވެ.