ކަރަންޓީނު މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަނީ

ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމަށްޓަކައި މީހަކަށް އެހީވަނީ
ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމަށްޓަކައި މީހަކަށް އެހީވަނީ
އަންގާރަ , 01 ޑިސެމްބަރ 2020 | 20:31

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ކަރަންޓީނު ވާންޖެހޭ މުއްދަތުކަމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރުކުރަން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީނު މުއްދަތު ކުރު ކުރަން ނިންމީ ރޭ ބޭއްވި ސިއްހީ ދާއިރާގެ އިސް ބޭފުޅުންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު މިއަދު ވަނީ މިފަދަ މޭރުމަކުން ޓުވީޓުވެސް ކުރައްވައިފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ރައީސް ސޯލިހު ޓެގް ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓުގައި ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކުރަން ނިންމީތީ ރައީސަށާއި ޓޫރިޒަމް މިނިސްޓަރަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެ ޓުވީޓު މައުސޫމު ވަނީ ރީޓުވީޓުވެސް ކުރައްވައިފަ އެވެ.

މިގޮތަށް ނިންމާފައިވީ ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރެމުން ދިޔަ ނަމަވެސް މިހާރު ވަނީ އަދަދުތައް ބޮޑުތަނުން ދަށަށް ދާން ފަށައިފަ އެވެ. އެހެންކަމުން އެޗްޕީއޭއިން އަންނަނީ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ.