މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 38 މީހުން

ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
އަންގާރަ , 01 ޑިސެމްބަރ 2020 | 22:10

މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 38 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗް.ޕީ.އޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހަކާއި އެހެނިހެން ސަރަހައްދުތަކުން 4 މީހެއް ކަމަށެވެ.

މިއަދު 1،718 ސާމްޕަލް ޓެސްޓް ކޮށްފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 13،049 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެ ފައެވެ. މިހާތަނަށް 11،968 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، 47 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

މިވަގުތު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 92 މީހަކަށެވެ.

އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވީ މިއަދު އެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.