ކޮވިޑް19: މިއަދު ޕޮޒިޓިވްވީ 161 މީހުން

ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މައްޗަށް
ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މައްޗަށް
ހޯމަ , 22 ފެބްރުއަރީ 2021 | 22:38

ކޮވިޑް19 އަށް މިއަދުވެސް ރާއްޖެއިން 161 މީހުން ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މީގެތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ޕޮޒިޓިވްވި 139 މީހުންނެވެ.

އަދި އަތޮޅު ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 4 މީހުންނެވެ.

އަދި ރިސޯޓްތަކުން އެކަނިވެސް މިއަދުވަނީ 17 މީހުން ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހިގެން 60 މީހުން ވަނީ މަރުވެފައެވެ.

އަދި ހޮސްޕިޓަލްތަކުގައިވެސް 162 މީހުން އެޑް މިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18930 އަށް އަރާފައެވެ.