މާދަމާއިން ފެށިގެން މަޖިލީހުގައި އާއްމުންނަށް ވެކްސިންދޭނެ: އޭޑީކޭ

އަންގާރަ , 23 ފެބްރުއަރީ 2021 | 21:26
24 ފެބްރުއަރީވާ ބުދަ ދުވަހުން ފެށިގެން މަޖިލީހުގައި އިދާރާގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ އާއްމުކޮށް ހުޅުވާލައިގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އެގޮތުން މާދަމާއިން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ދޭނީ އުމުރުން 30 އަހަރުން މަތީގެ އެންމެނަށް ކަމަށް އޭޑީކޭއިން ހާމަކުރެއެވެ.
އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުން ކުރިއަށް ގެންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން މެންދުރު ބާރަ ޖަހަންދެން ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
އޭޑީކޭ ހޮސްޕިޓަލާ ގުޅިގެން މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހޭނެ އިންތިޒާމު އެޗްޕީއޭއިން ހަމަޖެއްސީ މި މަހުގެ 10ވަނަ ދުވަހުއެވެ.