ކޮވިޑް19: ހއ.ދިއްދޫއިން ތިން މީޙުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އަދިވެސް ދަނީ އިތުރުވަމުން
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އަދިވެސް ދަނީ އިތުރުވަމުން
ބުދަ , 24 ފެބްރުއަރީ 2021 | 10:42

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިމީހުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ސާމްޕަލުން ކަމަށް އެރަށު ކައުންސިލުން ހާމަކުރެއެވެ.

ޕޮޒިޓިވްވި މި 3 މީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭ ކަމަށް އެ އަތޮޅު ހޮސްޕިޓަލުންވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު ށ. އަތޮޅު ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް އިރުޝާދު ލިބިފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ދިއްދޫއިން މިދިޔަ އަންގާރަ ދުވަހުވެސް ވަނީ ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ހަފްތާގައިވެސް އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވެ އެމީހާވެސް ވަނީ ށ. އަތޮޅު ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ.