ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ދޭން ފަށައިފި

ބުދަ , 24 ފެބްރުއަރީ 2021 | 18:14
އެއްވެސް ލިޔެ ކިއުމެއްނެތި ގަވައިދާ ހިލާފަށް މާލެ އޭރިއާގައި އުޅެމުންދާ ބިދޭސީންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ދޭން ފަށާފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް އާއި ގުޅިގެން ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނާއި ބިދޭސީންނަށް ހިލޭ ކޮވިޑް 19 އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިން ދޭނެ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 85110 މީހުންނަށް ވެކްސިން ދީފައިވެއެވެ.
މީގެ ތެރޭގައި މާލެ އޭރިއާއިން ވެކްސިން ދީފައިވާ 61777 މީހުން ހިމެނެއެވެ.