ކޮވިޑް19: މިއަދު ޕޮޒިޓިވްވީ 124 މީހުން

ސިއްހީ އެހީތެރިން ކޮވިޑް ކޭސްއެއްގައި ހަރަކާތްތެރިވަނީ
ސިއްހީ އެހީތެރިން ކޮވިޑް ކޭސްއެއްގައި ހަރަކާތްތެރިވަނީ
ބުދަ , 24 ފެބްރުއަރީ 2021 | 22:08

ކޮވިޑް19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 124 މީހުންނެވެ.

އެޗްޕީއޭއިން ބުނީ މީގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ޕޮޒިޓިވްވި 94 މީހުން ކަމަށެވެ.

އަދި އަތޮޅު ތެރެއިން ޕޮޒިޓިވްވި 5 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހުންނެވެ.

އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް 9 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް މުޅު ރާއްޖެއިން 19162 މީހުންނަށް ކޮވިޑް19 ޖެހިފައިވެއެވެ. އަދި 16446 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

ކޮވީޑް19 ޖެހިގެން 60 މީހުން ރާއްޖެއިން މަރުވެފައިވާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށް ފަރުވާ ދޭ މީޙުންގެ އަދަދު ވަނީ 162 އަކަށް އަރާފައެވެ.