ކޮވިޑް19: މިއަދު އެކަނިވެސް ރާއްޖެއިން 184 މީހުން ޕޮޒިޓިވްވި

ކޮވިޑަށް ފަރުވާ ދިނުމުގައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ކޮވިޑަށް ފަރުވާ ދިނުމުގައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ބުރާސްފަތި , 25 ފެބްރުއަރީ 2021 | 22:19

ކޮވިޑް19 އަށް މިއަދު އެކަނިވެސް ރާއްޖެއިން 184 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ވޭތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި މާޅެ އޭރިއާއިން ވަނީ 145 މީހުން ޕޮޒިޓިވްވެފައެވެ. އަތޮޅު ތެރެއިން 10 މީހުން ޕޮޒިޓިވްވި އިރު ރިސޯޓްތަކުން ވަނީ 24 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން 5 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް 60 މީހުން ރާއްޖެއިން ކޮވިޑް19 ޖެހިގެން ވަނީ މަރުވެފައެވެ. އަދި މިހާރުވެސް ހޮސްޕިޓަލް ތަކުގައި 162 މީހުންނަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2441 މީހުން މިހާރުވެސް ކޮވިޑް ފެސިލިޓީތަކުގައި އެބަތިއްބެވެ.