މާލެއިން މިއަދު ޕޮޒިޓިވްވީ 56 މީހުން، އަތޮޅު ތެރެއިން 54 މީހުން

ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ހުކުރު , 09 އޭޕްރިލް 2021 | 22:23

މާލެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 56 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވީ 54 މީހުންނެވެ.

މުޅި ޖުމުލަ މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 132 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓްތަކުން ޕޮޒިޓިވްވި 22 މީހުންވެސް ހިމެނެއެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ޖުމުލަ އަދަދު ވަނީ ފަންސަވީސްހާސް ހަތަރުސަތޭކަ ތިރީސް ހަޔަކަށް އަރާފައެވެ. މިހާރުވެސް 3084 މީހުން މިބައްޔަށް ދަނީ ފަރުވާ ކުރަމުންނެވެ. މިވަގުތު ހޮސްޕިޓަލް ތަކުގަިއ ފަރުވާ ދެމުން ދަނީ 82 މީހުންނަށެވެ. މިހާރު ގިނަ ކޭސްތައް ފެންނަމުންދަނީ އަތޮޅު ތެރެއިންނެވެ. މިވަގުތުވެސް 18 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަަށް ގެނެސްފައެވެ.