ލިވަޕޫލްގެ ތިއާގޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލިވަޕޫލްގެ ތިއާގޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ލިވަޕޫލްގެ ތިއާގޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ބުދަ , 30 ސެޕްޓެމްބަރ 2020 | 14:06

ލިވަޕޫލްގެ ތިއާގޯ އަލްކަންތަރާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ތިއާގޯ ބަޔާން މިއުނިކުން ލިވަޕޫލް އާ ގުޅުނީ މި ޓްރާންސްފާ ގައެވެ. ތިއާގޯ ވަނީ ލިވަޕޫލް އިން ޗެލްސީ 2-0 ކުން ބަލިކުރި މެޗު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. ނަމަވެސް އެފަހުން ލިވަޕޫލް ކުޅުނު ދެ މެޗުގައި ވެސް ތިއާގޯ ކުޅެފައެއް ނުވެއެވެ.

ލިވަޕޫލްގެ ބޯޑުން ބުނި ގޮތުގައި ތިއާގޯ ގެ ފަރާތުން ބަލީގެ ބައެއް އަލާމާތްތައް ފެނުން ކަމުގައި ވިޔަސް މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި ތިއާގޯ މިވަގުތު ހުރީ އެކަހެރިވެގެންނެވެ.

މި ހޯމަ ދުވަހު ޕްރެމިއާ ލީގުން ކުރި ޓެސްޓުތަކުން އިތުރު 10 މީހެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ލިވަޕޫލް އިން އާސެނަލް އާ ދެކޮޅަށް ބުރާސްފަތި ދުވަހު އަލުން ނުކުންނައިރު އާދީއްތަ ދުވަހު ލިވަޕޫލް ނުކުންނާނީ އެސްޓަން ވިލާ އާ ދެކޮޅަށެވެ.