ނޭޝަންސް ލީގުގައި ޖަރުމަނު ފުރަތަމަ ފަހަރަށް މޮޅު ވެއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނު ފުރަތަމަ ފަހަރަށް މޮޅު ވެއްޖެއެވެ.
ރޭ ކުޅުނު މި މެޗުގައި ޖަރުމަނުން ޔޫކްރެއިންގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
ޖަރުމަނު މީގެ ކުރިން ނޭޝަންސް ލީގުގައި ކުޅުނު 6 މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. މިއީ މި ސީޒަނުގައި ޖަރުމަނު ކުޅުނު ފުރަތަމަ ދެ މެޗުންވެސް ވަނީ އެއްވަރުވެފަ އެވެ.
ޖަރުމަނުގެ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނެޓުގައި ޖަހައިދިނީ މެތިއަސް ގިންޓާ އެވެ. ޖަރުމަނަށް ލީޑު ފުޅާ ކޮށްދިނީ 49 ވަނަ މިނެޓުގައި ލިއޯން ގޮރެޓްސްކާ ބޮލުން ޖެހައިދިން ގޯލުންނެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ޔޫކްރެއިން އިން ވަނީ ގޯލެއް ޖަހައިފައެވެ. ލިބުނު ޕެނަލްޓީ އަކުން ޔޫކްރެއިން އަށް މި ގޯލު ޖަހައިދިނީ ރަސްލަން މަލިނޮވްސްކީ އެވެ.
ޖަރުމަނުގެ ނޭޝަންސް ލީގުގެ ފުރަތަމަ މޮޅާއެކު މިހާރު ޖާމަނީ އަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. އަދި ޖަރުމަނު އިނީ ގުރޫޕުގެ ދެވަނައިގަ އެވެ.
ޗެލްސީގެ ޑިފެންޑަރު ރިޑިގާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ އެސިސްޓެއްވެސް ހަދައިފައެވެ. ނަމަވެސް މި ސީޒަނުގައި ޗެލްސީ އިން ރުޑިގާ ބޭނުން ކޮށްފައެއް ނުވެއެވެ.
މި މެޗު ބަލަން ވަކި އަދަދަކަށް ސަޕޯޓަރުން ވަނީ ވައްދައިފަ އެވެ.