އިންގްލޭންޑް ޓީމުގައި ޔޫރޯ އާއި ވޯލްޑްކަޕް ހޯދުމުގެ ފެންވަރުއެބަހުރި: ޑިބްރައިނޭ

އިންގްލޭންޑް ޓީމުގައި ޔޫރޯ އާއި ވޯލްޑްކަޕް ހޯދުމުގެ ފެންވަރުއެބަހުރި- ޑިބްރައިނޭ
އިންގްލޭންޑް ޓީމުގައި ޔޫރޯ އާއި ވޯލްޑްކަޕް ހޯދުމުގެ ފެންވަރުއެބަހުރި- ޑިބްރައިނޭ
އާދިއްތަ , 11 އޮކްޓޯބަރ 2020 | 20:11

އިންގްލޭންޑް ޓީމުގައި ޔޫރޯ އާއި ވޯލްޑްކަޕް ހޯދުމުގެ ފެންވަރު އެބަހުރި ކަމަށް ބެލްޖިއަމް ގެ ތަރި ޑިބްރައިނޭ ބުނެފި އެވެ.

ޑިބްރައިނޭ މިހެން ބުނެފައިމިވަނީ އިންގްލޭންޑް އާއި ބެލްޖިއަމް، ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ބައްދަލުކުރަމަށް ހަމަޖެހިފައި ވަނިކޮށެވެ.

ބެލްޖިއަމް އާއި އިންގްލޭންޑް ވެސް ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ދެ ޓީމުވެސް ވަނީ ސެމީ ފައިނަލުން ބަލިވެފަ އެވެ.

އިންގްލޭންޑް އަށް 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ލިބުން ފަހުން އަދި މައި ޓްރޮފީއެއް ނުލިބެ އެވެ. ނަމަވެސް ޑިބްރައިނޭ ބުނި ގޮތުގައި އަންނަ އަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ އާއި އެއާ ޖެހިގެން އަންނަ އަހަރު އޮތް ވޯލްޑް ކަޕުގައިވެސް ޗެމްޕިއަންކަން ނެގުމުގެ ގާބިލުކަން އިންގްލޭންޑް ޓީމުގައި އެބަ ހުއްޓެވެ. އަދި ޓީމުގައި ޒުވާން މޮޅެތި ކުޅުންތެރިންތަކެއް ތިބި ކަން ޑިބްރައިނޭ ވަނީ ފާހަގަ ކޮށްފަ އެވެ.

ޑިބްރައިނޭގެ އިތުރުން ބެލްޖިއަމް ޓީމުގެ މެނޭޖަރުވެސް ވަނީ ސައުތުގޭޓްގެ ސްކޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އިންގްލޭންޑް ގައުމީ ޓީމު ތައްޓެއް ހާސިލް ކުރުމަކީ މިހާރު ވަރަށް ކައިރީގައި އޮތް ކަމެކެވެ.

ދުނިޔޭގެ ރޭންކިންގް ގެ އެއްވަނައިގައި އޮތް ބެލްޖިއަމް، ރޭންކިންގްގެ ހަތަރުވަނައިގައި އޮތް އިންގްލޭންޑް އާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން މިރޭ 9:00 ގަ އެވެ.