އިންގްލޭންޑް އިން ފަހަތުން އަރާ ބެލްޖިއަމް ބަލި ކޮށްފި

އިންގްލޭންޑް އިން ފަހަތުން އަރާ ބެލްޖިއަމް ބަލި ކޮށްފި
އިންގްލޭންޑް އިން ފަހަތުން އަރާ ބެލްޖިއަމް ބަލި ކޮށްފި
ހޯމަ , 12 އޮކްޓޯބަރ 2020 | 14:56

އިންގްލޭންޑް އިން ފަހަތުން އަރާ ބެލްޖިއަމް ބަލި ކޮށްފި އެވެ.

ރޭ ނޭޝަންސް ލީގުގައި ކުޅުނު މި މެޗުގައި ލިބުނު ޕެނަލްޓީ އެއް ލުކާކޫ ގޯލަށް ފޮނުވައިލައިގެން ފުރަތަމަ ކުރި ހޯދީ ބެލްޖިއަމް އެވެ. އިންގްލޭންޑް އިން ނަތީޖާ ހަމަ ހަމަ ކުރީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ލިބުނު ޕެންލްޓީއެއް ރަޝްފޯޑް ގޯލަށް ފޮނުވާލައިގެންނެވެ. އިންގްލޭންޑް ކުރި ހޯދީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި މައުންޓު ޖަހައިދިން ގޯލުންނެވެ.

ބެލްޖިއަމް އަށް ޕެނަލްޓީ ލިބިފައިވަނީ އިންގްލޭންޑްގެ އެރިކް ޑަޔާ، ބެލްޖިއަމްގެ ރޯމެލޫ ލުކާކޫ އަށް ކުރި ފައުލް އަކާއި ގުޅިގެންނެވެ. އިންގްލޭންޑް އަށް ޕެނަލްޓީ ލިބިފައިވަނީ ބެލްޖިއަމްގެ ތޯމަސް މުނިއޭ، އިންގްލޭންޑްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ކުރި ފައުލް އަކާއި ގުޅިގެންނެވެ.

ދެވަނަ ހާފުގައި އިންގްލޭންޑް އިން ކުޅުން ރަނގަޅު ކުރިއެވެ. މިގޮތުން އިންގްލޭންޑްގެ މޭސަން މައުންޓް ޖެހި ބޯޅަ ވަދެވަފައި ވަނީ ބެލްޖިއަމްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައެވެ. ނަމަވެސް މި ގޯލު ގެ އިތުރުން ވެސް އިންގްލޭންޑް އަށް ވަނީ ދެވަނަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މި މޮޅާއެކު އިންގްލޭންޑް އޮތީ 7 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި 6 ޕޮެއިންޓާއެކު އޮތީ ބެލްޖިއަމް އެވެ.

މި ގުރޫޕުގައި ދެން ކުޅެވުނު މެޗުގައި ޑެންމާކް އިން ވަނީ 3-0 ކުން އައިސްލޭންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.