އިޓަލީގެ ކޯޗު މަންޗީނީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ. -- ފޮޓޯ / ބީބީސީ
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ. -- ފޮޓޯ / ބީބީސީ
ހޮނިހިރު , 07 ނޮވެމްބަރ 2020 | 15:59

އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ކޮވިޑް އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ކުރިން އިންޓަ މިލާނާއި މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދިން މަންޗީނީ ޕޮޒިޓިވްވިޔަސް، އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި މިހާރު މަންޗީނީ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ.

މަންޗީނީ ކޮވިޑަށް ޕޮޒިޓިވްވިއިރު، ކުރިއަށް އޮތް ދެ ހަފުތާގައި އިޓަލީގެ ގައުމީ ޓީމު ތިން މެޗު ކުޅެންޖެހެ އެވެ. އެއީ އެސްޓޯނިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ޔުއެފާ ނޭޝަންސް ލީގުގައި ޕޯލެންޑާއި ބޮސްނިއާއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

މަންޗީނީ ވަނީ އިންޓަ މިލާނާއެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން، މެންޗެސްޓާ ސިޓީއާއެކު 2012 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. -- ބީބީސީ