މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 47 މީހުން

 ކޮވިޑް-19 ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހެއް - ފޮޓޯ: އެޗްޕީއޭ
ކޮވިޑް-19 ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހެއް - ފޮޓޯ: އެޗްޕީއޭ
އާދިއްތަ , 29 ނޮވެމްބަރ 2020 | 22:29

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 47 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފި އެވެ.

އެޗް.ޕީ.އޭ އިން ބުނި ގޮތުގައި، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 46 މީހުންނެވެ. އަތޮޅު ތެރެއިން ޕޮޒިޓިވް ވީ އެކަކެވެ.

މިއަދު 1،829 ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު، މިހާތަނަށް 12،994 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް 11،902 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، 46 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައިނަމަވެސް ރާއްޖޭގައި އަދިވެސް އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އެހެންކަމުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އާންމުން އަމަލު ކުރަން ޖެހެ އެވެ.