ސުޕްރީމް ކޯޓުން ހަސަންގެ ކެންޑިޑެސީ ބާތިލުކޮށްފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ހަސަން ޝިޔާމް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ހުކުމް ކޮށްފައިވަނީ، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި ހުކުމުގައި ވަނީ މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެވެ. މި…