ނަޝީދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ނަޝީދު ވާލްސްއާ ބައްދަލުކުރައްވާފައިވާއިރު މިއީ ކޮންކަމަކާ ގުޅިގެން ބޭއްވި ބައްދަލުކުރެއްވުމެއް ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ. ނަޝީދު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަޝީދު ވަނީ މީގެ ކުރިން (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރު" ކަމުގެ މަގާމު އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ…