ޕޮލިސް ބޯޑަށް އާއްމުންގެ ފަރާތުން ކުރިމަތިލި 5 ބޭފުޅުންގެ ނަން ކޮމިޓީއަށް

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޕޮލިސް ބޯޑް އަށް އާއްމުންގެ ފަރާތުން މެމްބަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލި އިއުލާނުގެ ތެރެއިން ކުރިމަތިލި ފަސް ފަރާތެއްގެ ނަން ދިރާސާކުރަން ކޮމިޓީ އަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއްވާ އިއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުށައެޅިފައިވާ ނަންތައް އިއްވަވާފަ އެވެ. މި ނަންތައް އިތުރަށް ދިރާސާކުރަން ފޮނުވާފައިވަނީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ކޮމިޓީ އަށެވެ.
ޕޮލިސް ބޯޑަށް ކުރިމަތިލެއްވި ފަސް ބޭފުޅުންނަކީ، ލަބީގް މުހައްމަދު މާހިދު، މ. މަނަދޫވިއު، ޒުބައިރު އަހުމަދު މަނިކު ގ. މަލްވިނަ. ޒީނަތު އަލީ ދަފްތަރު ނަންބަރު 1626، އަލީ މުހައްމަދު މަނިކު ދަފްތަރު ނަންބަރު 1851، ހާމިދު އަބްދުލް ޣަފޫރު ހ. ޝޭޑީ ކޯނަރު.
ހާމިދު އަބްދުލް ޣަފޫރު އަކީ މިހާރުވެސް އެމްޑީޕީގެ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އެވެ.