'ވޮންޑަ ވުމަން 3' ގައިވެސް ގާލް ގެޑޯޓް، އަންނަ އަހަރު ސިނަމާއަށް އަންނަނީ

ވޮންޑަ ވުމަން
ވޮންޑަ ވުމަން
ހޯމަ , 28 ޑިސެމްބަރ 2020 | 19:17

ވޯނާ ބްރޯސް ގެ "ވޮންޑަ ވުމަން" ގެ ތިން ވަނަ ފިލްމެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ފިލްމުގައިވެސް ޓައިޓަލް ރޯލުން ފެންނާނީ ބަތަލާ ގާލް ގެޑޯޓް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

"ވޮންޑަ ވުމަން" ގެ ފުރަތަމަ ފިލްމެއް ރިލީޒް ކުރީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މި އަހަރުގެ ކުރީކޮޅު ވަނީ "ވޮންޑަ ވުމަން 1984" ގެ ނަމުގައި ދެވަނަ ފިލްމެއް ރިލީޒް ކޮށްފަ އެވެ.

ހޮލީވުޑް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭގެ ތިންވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ވޯނާ ބްރޯސް އިން މިހާރު ވަނީ ފަށައިފަ އެވެ. އެ ފިލްމު ޑައިރެކްޓު ކުރާޏި ޕެޓީ ޖެންކިސް އެވެ. ފިލްމުގެ ޓައިޓަލް ރޯލުން ގާލް ގެޑޯޓް ފެންނާނެ ކަން ކަށަވަރު ވިނަމަވެސް ފިލްމުން ފެންނާނެ އިތުރު ތަރިން އަދި އިއުލާނެއް ނުކުރެ އެވެ.

ވޯނާ ބްރޯސް އިން މީގެ ކުރިން ވަނީ އެޗްބީއޯ މެކްސް އިން "ވޮންޑަ ވުމަން" ގެ ތިންވަނަ ބައި ދެއްކުމަށް މަޝްވަރާ ކޮށްފަ އެވެ. އެހެންނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މިހާރު އެފިލްމު ސިނަމާގައި އަޅުވަން ވަނީ ނިންމައިފަ އެވެ.

"ވޮންޑަ ވޮމަން 1984" ގައި ގާލް ގެޑޮޓް ގެ އިތުރުން ފެނުނު ތަރިންގެ ތެރޭގައި ކްރިސް ޕައިން، ޕެޑްރޯ ޕާސްކަލް އަދި ކްރިސްޓެން ވީގް ހިމެނެ އެވެ.