ތާޒާ ކުންފުނީގެ ޕްރޮމޯޝަނަލް ހަރަކާތަކެއްގެ ގޮތުން ލޯބީގެ ލަވައެއް!

ރާއްޖޭގައި މިނަރަލައިޒްޑް ފެން އުފައްދާ ހަމަ އެކަނި ކުންފުނި، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ތާޒާ ކުންފުނީގެ) ފަރާތުން އެ ކުންފުނީގެ ޕްރޮމޯޝަަނަލް ހަރަކާތެއްގެ ގޮތުން ލޯބީގެ ލަވައެއް ނެރެފި އެވެ.
ސިޒާސް ޕްރޮޑަކްޝަންއާއި ތާޒާ ކުންފުނި ގުޅިގެން ހެދި އެލަވައިގެ ނަމަކީ 'ލޯބި ދޭނަން ޔަގީން'އެވެ.
ލަވަޔާ ގުޅޭ ގޮތިން ތަޒާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވީ ތާޒާ ކުންފުނީގެ ފަރާތުން މަސައްކަތް ކުރަނީ އަބަދުވެސް އާ ކަންތައްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެވޭތޯ ކަމަށެވެ. އެގޮތުން އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އިންޑަސްޓްރީތަކަކަށްވެސް ވެދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދެވުން ކަމަށެވެ.
މިފަހަރު އަޅުގަނޑުމެންގެ ޕްރޮމޯޝަނަލް ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެން މި ގެނެސްދެނީ ބެލުންތެރިންނާއި ހަަމައަށް ވަރަށް ރީތި ލޯބީގެ ލަވައެއް. މިއީ އަޅުގަނޑުމެން ފާހަގަ ކޮށްލަން ބޭނުންވޭ މިހާތަނަށް މިރާއްޖޭގައި ޕްރޮމޯޝަނަލް ހަރަކާތެއްގެ ގޮތުގަުގައި މި ގޮތަށް ތައްޔާރު ކުރެވޭ ފުރަތަމަ ލަވަކަން. މި ފުރުސަތުގައި އަޅުގަނޑުމެންނާއި އެކު ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްކަށް ޝުކުރު ދަންނަވަން ބޭނުން.
މިލަވައިގައި އެކްޓް ކޮށްފައިވަނީ އަހުމަދު ޒިޔާއު (ޒިޔާ) އާއި އެކްޓްރެސް ނާޝިދާ މުހައްމަދު (ނާއްކޮ)އެވެ. މިއީ މި ދެތަރިން އެކީގައި ފެނިގެންދާ ފުރަތަމަ ލަވައެވެ.
ލަވައާއި ބެހޭ ގޮތުން ޒިޔާ ބުނީ ނާއްކޮއާއި އެކީ މި ލަވައިގައި އެކްޓްކުރަން ލިބުމަކީ އުފާވާ ކަމެއް ކަމަށެވެ. މިލަވަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރާކަމަށް ވެސް ޒިޔާ ބުންޏެވެ.
މިލަވައަކީ ވަރަށް ޚާއްސަ ލަވައެއް. ކޮންޕެނީއެއް ޕްރޮމޯޓް ކުރުމަށްޓަކައި ލޯބީގެ ވީޑިއޯ ލަވައެއް އުފެއްދި ފުރަތަމަ ފަހަރު މީ. އެހެންކަމުން މިއީ ވަރަށް ތަފާތު ވަރަށް މޮޅު ކޮންސެޕްޓެއް.
ނާއްކޮ ބުނީ ތާޒާ ކުންފުނީގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން އުފެއްދި ލަވައެއްކަމަށާއި ކުރިއަށް އޮތް ތާނގައިވެސް އެކުންފުނީގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރާކަމަށެވެ.
ޢަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށް ޑައިރެކްޓްކުރި މިލަވައިގައި ފެނިގެންދަނީ ތާޒާ ކުންފުނީގައި ފެން ޑެލިވަރީ ކުރާ ޒިޔާ، ނާއްކޮގެ ގެއަށް ފެން ޑެލިވަރކުރުމުގައި ދިމާވެ، ލޯބިވެވިގެން އުޅޭ މަންޒަރެވެ.
މިލަވަ ކިޔާފައިވަނީ ފަރޭ އާއި ނިޝްއެވެ.