ޔާމީން ޖަލަށްލީ ކޯޓުތަކަށް އަތްބާނައިގެން ކަމަށް ބުނާ ވާހަކައަށް ޕޮލިސް ދާއޫދުގެ ތާއީދު!

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު
އަންގާރަ , 28 ޖުލައި 2020 | 09:31

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރީ މުޑުދާރުކޮށް ޖުޑީޝަރީއަށް އަތްބާނައިގެން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓަކަށް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ތާއީދުކޮށްފިއެވެ.

ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް ކަމަށާއި އިދިކޮޅުން ކުރަންފެށި މުޒާހަރާތަކުގެ ނަތީޖާ އިރާދަކުރެއްވިޔާ ފޮނިވާނެކަމަށެވެ. އަދި ހުރިހާ ކަމެއް ބޮއްސުންލައިފި ކަމަށާއި ދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށް ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޖަމީލުގެ އެޓްވީޓަށް ދައޫދު "ލައިކް"އެއް ދިނުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

Articl Inline Image

ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމަކާއި ދެކޮޅަށް ފުލުހުންގެ ވަޒީފާގައި ހުރި މީހަކު ތާއީދު ކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަޑާ ޚިލާފު ކަމެކެވެ.

ފުލުހުން އަލުން އަމަލުކުރަން ފަށާފައިވާ ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާ ބެހޭ ގަވައިދު ބުނާ ގޮތުން ފުލުހުންގެ މުއައްސަސާގައި ހިނގާ ކަމަކާ ގުޅޭގޮތުން ހާމަކުރަން ނުޖެހޭ މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ހާމަކުރުމާއި، ޝޯޝަލް މީޑިއާގައި ލިޔާ އެފަދަ ވާހަކަތައް ނުވަތަ ޝާއިއު ކުރާ އެފަދަ އެއްވެސް އެއްޗަކަށް ތާއިދު ކުރާކަން ދޭހަވާ ގޮތަށް އެއްވެސް އަމަލެއް ކުރުން ނުވަތަ ހިންގުމަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށެކެވެ. އެ ގަވައިދުގައިވާގޮތުން ސޯޝަލް މީޑިއާގައި ފުލުހަކު ދޭ ލައިކްއަކުން ނުވަތަ ކުރާ ޝެއާ އަކުން ވެސް ކުށްވެރިވެދާނެއެވެ.

ޑިސިޕްލިނަރީ މައްސަލަތަކުގެ ގޮތުގައި ބަލާނީ ގާނޫނުލް އުގޫބާތުގައާއި އެހެނިހެން ގާނޫނުތަކުން ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައިވާ ކުށެއްނަމަ އެކުށުގެ ދައުވާ ޝަރުއީ ކޯޓެއްގައި ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ މައްސަލަތައް ކަމަށް ވެސް ގަވައިދުގައި ވެއެވެ.