ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފައިސާތަކެއް ފޭރިއްޖެ

ޝަހީދު ހުސެން އާދަމް ބިލްޑިންގް
ޝަހީދު ހުސެން އާދަމް ބިލްޑިންގް
ހުކުރު , 14 އޮގަސްޓް 2020 | 06:53

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެއްޖެ އެވެ.

ފުލުހުން ބުނީ އަމީނީމަގު ވިޔަފާރިވެރިންގެ މިސްކިތް ކައިރީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މައްސަލަ މިރޭ 22:34 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަމަލާދީފައިވަނީ ދެ ސައިކަލެއްގައި ދިޔަ ބަޔެއް ކަމަށެވެ.

ޒަހަމްވި މީހާާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން އަމީނީ މަގު ވިޔަފާރިވެރިން މިސްކިތް ކައިރީ ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.