އާސެނަލްގެ ކީޕަރު މާޓިނޭޒް އެސްޓަން ވިލާ އަށް ސޮއި ކޮށްފި

އާސެނަލްގެ ކީޕަރު މާޓިނޭޒް އެސްޓަން ވިލާ އަށް ސޮއި ކޮށްފި
އާސެނަލްގެ ކީޕަރު މާޓިނޭޒް އެސްޓަން ވިލާ އަށް ސޮއި ކޮށްފި
ބުދަ , 16 ސެޕްޓެމްބަރ 2020 | 19:53

އާސެނަލްގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް 17 މިލިޔަން ބްރިޓިޝް ޕައުންޑަށް އެސްޓަން ވިލާ އަށް ސޮއި ކޮށްފި އެވެ.

އާޖެންޓީނާގެ 28 އަހަރުގެ މާޓިނޭޒް ވަނީ މި ސީޒަނުގައި އާސެނަލް އަށް 23 މެޗު ކުޅެދީފައެވެ. މީގެ ތެރޭގައި އެފް އޭ ކަޕް ފައިނަލް މެޗުގައި އާސެނަލް އިން ޗެލްސީ ބަލި ކުރި އިރު ގޯލުގައި ވެސް ހުރީ މާޓިނޭޒް އެވެ.

މާޓިނޭޒް ވަނީ ވިލާ އާ އެކީ ހަތަރު އަހަރުގެ ޑީލެއްގައި ސޮއިނކޮށްފައެވެ. އަދި ވިލާގެ ކޯޗު ބުނި ގޮތުގައި ދިގު މުއްދަތަކަށް ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް މާޓިނޭޒް ވެގެންދާނެއެވެ.

މާޓިނޭޒް އާސެނަލް ދޫކޮށްލައިފައިމިވަނީ ކުލަބާ ގުޅުނުތާ 10 އަހަރު ފަހުންނެވެ. މާޓިނޭޒް އަކީ ޔޫތު ޓީމުން އާސެނަލްގެ ސީނިޔާ ޓީމާއި ގުޅުނު ކުޅުންތެރިޔެކެވެ.

އާސެނަލްގެ ކޯޗު އާޓެޓާ ބުނެފައިވަނީ އާސެނަލްގެ އެއްވަނަ ކީޕަރަކަށް ހުންނާނީ ޖަރުމަނުގެ ލެނޯ ކަމަށެވެ. ލެނޯ ވަނީ ސީޒަނުގެ ފުރަތަމަ މެޗުގައި އާސެނަލް އަށް ކުޅެދީފައެވެ.

މާޓިނޭޒް އަކީ އެސްޓަން ވިލާ އިން މި ޓްރާންސްފާ ވިންޑޯގައި ސޮއި ކުރި ތިން ވަނަ ކުޅުންތެރިޔާއެވެ.