މެސީގެ ދެ ގޯލާއެކު ބާސެލޯނާ ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން މޮޅުވެއްޖެ

މެސީގެ ދެ ގޯލާއެކު ބާސެލޯނާ ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން މޮޅުވެއްޖެ
މެސީގެ ދެ ގޯލާއެކު ބާސެލޯނާ ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން މޮޅުވެއްޖެ
ބުރާސްފަތި , 17 ސެޕްޓެމްބަރ 2020 | 10:25

މެސީގެ ދެ ގޯލާ އެކު ބާސެލޯނާ އާއި ޖިރޯނާ ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން 3-1 އުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ކުލަބު ދޫކޮށްދާން މަސައްކަތް ކުރުމަށް ފަހު އެކަން ކާމިޔާބު ނުވުމުން މެސީ ބާސާގެ ފަރިތަކުރުންތަކާ ގުޅުނީ މިދިޔަ ހަފްތާގައެވެ.

މެސީގެ ދެ ގޯލުވެސް ދުރުން ޖަހައިފައިވާ އިރު އެއް ގޯލު ވަނީ ޑިފެންޑަރެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. އަނެއް ގޯލު ޖަހައިފައިވަނީ އާރިއާ ބޭރުން މެސީގެ ނުރަސްމީ ފައިންނެވެ.

މެޗުގެ ފުރަތަމަ ގޯލު ބާސެލޯނާ އަށް ޖަހައިދިނީ 21 ވަނަ މިނެޓުގައި ކުޓީނިއޯއެވެ. ކުޓީނިއޯ ބަޔާން އިން އައި ފަހުން ކުޅުނު ރަހްމަތްތެރި ކަމުގެ ދެ މެޗުގައިވެސް މިވަނީ ގޯލު ޖަހައިފައެވެ.

Articl Inline Image

މި މެޗުގައި ބާސެލޯނާ އިން ވަނީ 20 ކުޅުންތެރިޔަކު ބޭނުން ކޮށްފައެވެ. ނަމަވެސް މީގެ ތެރޭގައި ވިޑާލް އާއި ސުއަރޭޒް ނުހިމެނެއެވެ. މި ދެ ކުޅުންތެރިންވެސް ކުލަބު ދޫކޮށް ދާ ކަހަލަ ވާހަކަތަކެއް މިހާރުވެސް ދަނީ ދައުރުވަމުންނެވެ.

ބާސެލޯނާ ލީގުގެ ފުރަތަމަ މެޗު ކުޅެން ހަމަ ޖެހިފައި އޮތީ މި މަހުގެ 27 ގައި ވިލެރިޔާލް އާ ދެކޮޅަށެވެ.