އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިޔަނަށްވުރެ މައްޗަށް

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 5 މިލިޔަނަށްވުރެ މައްޗަށް
އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 5 މިލިޔަނަށްވުރެ މައްޗަށް
ބުރާސްފަތި , 17 ސެޕްޓެމްބަރ 2020 | 10:28

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިޔަނަށްވުރެ މައްޗަށް ގޮއްސިއެވެ. މިއީ އެމެރިކާ އަށް ފަހު އެންމެ ގިނައިން މީހުން ޕޮޒިޓިވް ވި ގައުމެވެ.

މިހާރު ކޮވިޑް އެންމެ ބާރަށް ފެތުރެމުން އަންނަނީ އިންޑިއާގައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 90،000 އަށް ވުރެ މަތީގައި ހުންނަ މިއީ ފަސްވަނަ ދުވަހެވެ.

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 80،000 އަށްވުރެ މަތީގައެވެ. އަދި މިހާރު ވަނީ ވެންޓިލޭޓަރާއި އެނދުމަތި ކުރުމަށްވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ.

Articl Inline Image

ވައިރަސް ބާރު ދުވެލީގައި ފެތުރެމުންދާއިރު ސަރުކާރުން އަންނަނީ ފުރަބަންދަށް ލުއިތަކެއްވެސް ދެމުންނެވެ. މާޗު މަހުން ފެށިގެން ކޮވިޑުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްވވަމުން އަންނާތީ އިންޑިއާގެ ސަރުކާރުން ވަނީ ފުރަބަންދަކަށް ނުދިޔުމަށް ނިންމާފައެވެ.

ގިނަ އޮފީސްތަކާއި ފިހާރަތައް އަދި މާރުކޭޓުތައް މިހާރު ހުޅުވައިފައި ހުންނަ އިރު އެންމެ ފަހުން ހުއްދަ ދީފައިވަނީ ޖިމްތައް ހުޅުވާށެވެ. ނަމަވެސް އަދިވެސް ސުކޫލުތަކާއި ކޮލެޖުގެ އިތުރުން ސިނަމާ ހޯލު ތައް ނުހުޅުވައެވެ.

މިދިޔަ ހަފްތާގައި އެކަނިވެސް އިންޑިއާ އިން ހަ ލައްކަ އަށް ވުރެ ގިނަ މީހުންވަނީ ޕޮޒިޓިވް ވެފައެވެ.