ސުއަރޭޒް އެތުލެޓިކޯ މެޑްރިޑްއަށް ސޮއި ކޮށްފި

ސުއަރޭޒް އެތުލެޓިކޯ މެޑްރިޑްއަށް ސޮއި ކޮށްފި
ސުއަރޭޒް އެތުލެޓިކޯ މެޑްރިޑްއަށް ސޮއި ކޮށްފި
ހޮނިހިރު , 26 ސެޕްޓެމްބަރ 2020 | 17:03

ލުއިޒް ސުއަރޭޒް ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑްއަށް ސޮއި ކޮށްފި އެވެ.

ބާސެލޯނާއިން އެތުލެޓިކޯ އަށް ސުއަރޭޒް ސޮއި ކޮށްފައި ވަނީ ހުކުރު ދުވަހު އެތުލެޓިކޯ ގައި މެޑިކަލް ހެދުމަށްފަހު އެވެ.

ސުއަރޭޒް ލިވަޕޫލް އިން ބާސެލޯނާ އަށް 2014 ވަނަ އަހަރު ސޮއި ކުރި އިރު ސުއަރޭޒް ވަނީ ފުރަތަމަ ސީޒަނުގައި ބާސެލޯނާ އާއެކު ޗެމްޕިޔަންސް ލީގު ނަގައިފަ އެވެ.

މީގެ އިތުރުން ސުއަރޭޒް ވަނީ ބާސެލޯނާ އާ އެކު 4 ލީގު ޓައިޓަލް ނަގައި، 283 މެޗުގައި 198 ގޯލު ބާސެލޯނާ އަށް ޖަހައިދީފަ އެވެ.

ކުރިން އަޔެކްސް އަށް ވެސް ކުޅެފައިވާ ސުއަރޭޒް ވަނީ މިފަހަރު ޔުވެންޓަސް އަށް ދިޔުމަށް ވެސް އެއްބަސްވެފައެވެ. ނަމަވެސް ޕާސްޕޯޓުގައި ދިމާވި މައްސަލަ އަކާއި ގުޅިގެން ސުއަރޭޒް އަށް ވަނީ އެކަން ކާމިޔާބު ނުވެފަ އެވެ.

ސުއަރޭޒް ވަނީ ބާސެލޯނާ ދޫކޮށް ދާން ޖެހުމުން އެކަމާ ހިތާމަ ފާޅު ކޮށްފަ އެވެ.