ދުވާފަރު މަގުތަކުގައި ތާރު އަޅަން ފަށައިފި

ރ.ދުވާފަރު
ރ.ދުވާފަރު
ބުރާސްފަތި , 01 އޮކްޓޯބަރ 2020 | 16:15

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މިހާތަނަށް މުޅި މަޝްރޫއުގެ 77 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގައި، ހިނގުމަށް 6،813 އަކަމީޓަރުގެ ސަރަހަދެއް ހެދުމާއި ދުއްވާގޮތަށް 25،513 އަކަމީޓަރުގެ ސަރަހައްދެއް ހެދުން ހިމެނެ އެވެ. މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.

މި މަޝްރޫއަށް 47.04 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.