ގަޔާ ނުވާ މީހުންނާއެކު ވަގުތު ހޭދަ ކޮއްލަން ޖެހިއްޖެނަމަ މިހެން ކަންތައް ކޮށްލާ

ދެމީހަކު ވާހަކަ ދައްކަނީ
ދެމީހަކު ވާހަކަ ދައްކަނީ
ހޮނިހިރު , 07 ނޮވެމްބަރ 2020 | 07:23

ދުނިޔެއަކީ ތިަފާތިު އެކި އެކި މިޒާޖުތަކުގެ މީހުން އުޅޭ ތަނެކެވެ. އެހެންކަމުން އެންމެން އެންމެން ދެކެ ގަޔާވެ އުޅެން ވަރަށް އުނދަގޫ ވެއެވެ.

ތިމާއަށް ކަމުނުދާ ކިތަންމެ ބައެއް އުޅޭ ހެން، ތީމާ ކަމުނުދާ ނޫނީ ގަޔާ ނުވާ ކިތަންމެ ބަޔަކުވެސް އުޅޭނެއެވެ. އެހެންނަމަވެސް އަހަރުމެން އެންމެން ފޫހިވާ ނޫނީ ވަރަށް ގަޔާ ނުވާ މީހުންނާ އެކުވެސް އުޅެން ޖެހިދާނެއެވެ.

އެފަދަ މީހުންނާއެކު ވަގުތުހޭދަ ކޮށްލެވިދާނެ ގޮތްތަކެއް:

1. އެންމެންއެއީ ގުޅޭނެ ބައެއް ނޫންކަން އަމިއްލައަށް ގަބޫލު ކުރުން.

ކޮންމެ ކަމެއްގައިވެސް އެންމެ މުުހިންމުކަމަކީ އެކަމަކާ ދޭތެރޭ ތިމާ ދެކޭ ގޮތެވެ. އެހެންކަމުން ކައިރީގައި އިން މީހާ ތިމާ އަށް ކަމު ނުދިޔުން އެއީ ތިމާ މީހާގެ މައްސަލައެއް ކަމަށް ދެކުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެއީ ތިމާގެ މައްސަލައެއްވެސް ނޫނެވެ. އަދި އެއީ އެމީހާގެ މައްސަލައެއްވެސް ނޫނެވެ. ހަމަ ދެމީހުން އެކަކު އަނެކަކާ ނުގުޅެނީއެވެ. އެއީ ވަކި މީހެއްގެ ސަބަބުން ވާ ކަމެއް ކަމަށް ނުދެކި ކެތްތެރިކަމާއެކު ކުރި އަށް ދާށެވެ.

2. އެމިީހެއްގެ ބަހާ ދެކޮޅު ނަމަވެސް އަބަދުވެސް އެއް ކޮޅަށް ވަހަކަ ދެއްކުން.

މީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ފަހަރަށް ދެބަސްވުންތައް އުފެދެނީ ނުގުޅޭ ދެމީހަކު ކަމަކާމެދު ހިޔާލު ތަފާތު ވާ ހިސާބުންނެވެ. އެހެންކަމުން އެހާ ގަޔާ ނުވާ މީހަކު މުޅިންވެސް ދައްކާނީ ފޫހި ވާހަކަ ކަމަށް ގަބޫލު ކުރެވުނަސް، އޭނާ ދައްކާ ވަހަކައަށް ޝައުގުވެރިވާކަމަށް ހެދި އެ ވާހަކަތައް އަޑުއަހާލަށެވެ. އަދި އެ ވާހަކަތަކާ މާ ބޮޑަށް ދެކޮޅު ނަހަދާށެވެ. އޭރުން ކުރިއަށްދާން ފަސޭހަވާނެވެ.

3. އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ކުރުން.

ކުރިމަތީގައި ތިއިނީ އެހާ ހިތްހަމަޖެހޭ މީހެއް ނޫންތާއެވެ. އެހެންކަމުން އޭނަގެ ވާހަކަ ތަކާ މެދު ހިތްހަމަ ނުޖެހޭލެއްވެސް މާ ބޮޑަށް އަވަސްވާނެވެ. އެކަމަކު އޭނަގެ ވާހަކަތައް ކިތަންމެ "ހަޖަމުނުވިޔަސް" އަދި އެއީ ތިތިމާ އާ ވަރަށް ގުޅުންހުރި ވާހަކައެއްވިޔަސް، ދެރަވާ ނޫނީ ރުޅި އަންނަ ވާހަކައެއްވިޔަސް އެމީހާއަށް އެކަން ނާންގާށެވެ. އަމިއްލަ އިހްސާސްތައް އަމިއްލައަށް ފޮރުވާށެވެ.އަދި ހިނިތުންވެލައިގެން ހުރެ 'އާ ން ހޫ ' ކިޔާލާށެވެ.

4. އަމިއްލަ ވަގުތު ކޮޅެއް ހޯދާ ލުން
ތިހާ ގަޔާ ނުވާ މީހަކާއެކު އެހާ ގިނަ ވަގުތު އިނުން އެއީ ވަރަށް އުނދަގޫކަމެކެވެ. އެހެންކަމުން ފޯނެއް އައީ ކަމަށް ހަދާ ބޭރަށް ނުކުމެލާށެވެ. ނޫނީ ފާހާނާ އަށް ދާކަމަށް ހަދާ ތެދުވެލާށެވެ. އޭރުންވެސް ތިފޫހިވާ ވާހަކަ ތަކުން 'ބްރޭކް' އެއް ލިބޭނެއެވެ. ވާހަކަައިގެ މައުޟޫއު ބަދަލުކޮށްލަންވެސް މި އުކުޅު ބޭނުން ކޮއްލާށެވެ.