މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 44 މީހުން

ކޮވިޑް ފެސިލިޓީގަައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ކޮވިޑް ފެސިލިޓީގަައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
އާދިއްތަ , 10 ޖެނުއަރީ 2021 | 23:03

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް 19 އަށް 44 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް 3،277 މީހެއްގެ ގައިން ވަނީ ކޮވިޑްގެ ސާމްޕަލް ނަގައިފައެވެ. އޭގެ ތެރެއިން 44 މީހެއް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 24 މީހުން ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަތޮޅުތެރެއިން 16 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް 14،109 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 13،336 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.