މަރަދޫފޭދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ޖޭއެސްސީގެ މެމްބަރުން
ޖޭއެސްސީގެ މެމްބަރުން
ހޯމަ , 11 ޖެނުއަރީ 2021 | 10:25

ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސެއިން ގެ ސުލޫކީ މައްސަލައެއް ބަލަން ކޮމެޓީއެއް އުފައްދާފައިވާ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނު (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސ. މަރަދޫފޭދޫ މެޖިސްޓްރޭޓު ކޯޓުގައި ކުރިއަށްދިޔަ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތަށް ގާނޫނީ ވަކީލަކު ހަމަޖައްސަން އެ ކޯޓުގެ އިސްމެޖިސްޓްރޭޓު އިބްރާހިމް ނަފީސް ހުސެއިން ފުރުސަތު ނުދެއްވި ކަމަށް ބުނާ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަފީސްގެ ސުލޫކީ މައްސަލަ ބެލުމަށް ކޮމެޓީއެއް އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލަވުމެއްގައި އެކުލަވާލާފައިވާ ކަމަށެވެ.