މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވީއި ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ނުކޮށްދޭ: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ބުދަ , 13 ޖެނުއަރީ 2021 | 01:25

މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވީއިރު، މާލޭގެ ރައްޔިތުންގެ ހައްގުގައި ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި، ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދެވިފައިވާ ތަނެއް ވެސް ނުފެންނަ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް މާލޭ ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދު ކަމަށެވެ. ނަމަވެސްރައީސް ޔާމީން މާލޭގެ ރައްޔިތުންނަށްޓަކައި އަޅައި ނިންމައި، ހަވާލު ކުރުމަށް ތައްޔާރު ކޮށްފައިވާ ފްލެޓުތައް ވެސް މިސަރުކާރުން ރައްޔިތުންގެ އަތުން ވަނީ ނިގުޅައިގެންފައި ކަމަށާއި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ފްލެޓްތައް ލިބުނު ބައެއް މީހުން ލިސްޓުން އުނިކޮށް، ފްލެޓުތައް ނުދީ ހިފެހެއްޓުމުގެ ހައްގެއް މިސަރުކާރަކަށް ނޯންނާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް އެންމެ ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުން ކަަމަށެވެ.

މިސަރުކާރަށް އަޅުގަނޑު މިހާރުން މިހާރަށް މިގޮވާލަނީ ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމަށް. އެއްވެސް ހައްގެއް ނޯންނާނެ އެހާ ނިކަމެތިކޮށް އުޅެމުންދާ މީހުންގެ ހައްގުތައް ނިގުޅައިގަތުމުގެ ހައްގެއް

މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ހުންނެވީ މާލޭ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ނުބަލައި އިޚުލާސްތެރި ކަމާއެކު މަަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.