ކޮވިޑް-19 އަށް 59 މީހުން ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 59 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް 2،768 ސާމްޕަލް ޓެސްޓު ކުރިއިރު އޭގެތެރެއިން ޕޮޒިޓިވުވެފައިވަނީ59 ސާމްޕަލް ކަމަށެވެ.
އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 33 މީހުން، އަތޮޅުތެރޭ ރައްތަކުން 20 މީހުން، އަދި ރިސޯޓުތަކުން ހަ މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 14،218 ށް އަރާފައިވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން 13،402 މީހުން މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.
ބަލިޖެހުނު މީހުންގެ ތެރެއިން 49 މީހުން ނިޔާވެފައިވާއިރު، މިވަގުތު ރާއްޖެއިން ބައްޔަށް ފަރުވާ ހޯދަމުން ދަނީ 760 މީހުންނެވެ. މީގެ ތެރެއިން 53 މީހުން ފަރުވާ ހޯދަމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.