ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާ މިރޭ

ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި އިންތިޚާބާ ބެހޭ ހާއްސަ ޤާނޫނަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަށް ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާ މިރޭ 8:30 އަށް ތާވަލު ކޮށްފި އެވެ.
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ވަނީ ކުރުކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި ލަސްވަމުން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.