ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި ހުކުމް ބާތިލް: ހައިކޯޓު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ބުދަ , 13 ޖެނުއަރީ 2021 | 17:53

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ދައުލަތުގެ ފަރާތުން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާ އުފުލައިފައިވަނީ އެމަނިކުފާނު ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ ކަމަށް ތުހުމަތު ކޮށެވެ.

ހައިކޯޓުގެ މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، ހައިކޯޓުގެ ނަންބަރު 33/2020/PH)/2020-726(B7-145 އަމުރު އިސްތިއުނާފުކުރުމަށް ޢަބްދު الله ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ހުށަހެޅުނު އެއްމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، ޝަރީޢަތުގެ މަޖިލީހުގައި ޢަބްދު الله ޖިހާދުގެ ފަރާތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފާރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެ އަމުރު ބާޠިލުކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފިން ކަމަށެވެ.