މުދަލަށް ގެއްލުންދިން މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

ބުދަ , 13 ޖެނުއަރީ 2021 | 18:00
މުދަލަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށްޓަކައި ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
ފުލުހުންވަނީ ވީޑިއޯގައި ފެންނަ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު 472303 ވިދާޅުވެ މަޢުލޫމާތު ހިއްޞާ ކުރުމަށް ވެސް އެދިފަ އެވެ.